ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް މިމަހު ބާއްވަނީ


ޤައުމީ ދިފާއީ ބާރުގެ ޚާއްސަ އަސްކަރީ ތަމްރީންތަކެއް މިމަހު ކުރިއަށްގެންދާނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ތަމްރީންތައް ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުން 7 ވަނަ ދުވަހަށް އަދި 13 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ތަމްރީންތައް ކުރިއަށްދާނީ ހުޅުލޭގެ އިތުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ބޭރުގައެވެ. އެމްއެންޑީއެފުން ވިދާޅުވީ ތަމްރީނަކީ މެޝިންގަން އާއި އެފަދަ އެހެނިހެން ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ތަމްރީންތަކެއްކަމަށެވެ.

ތަމްރީންގައި ކަނޑުގެ ސަތަހައިން ފެށިގެން 100 މީޓަރުގެ އުސްމިނާއިއެކު، 5000 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރާނެއެވެ.

ތަމްރީންތައް ބާއްވާ 4 ދުވަހުގެ، ހެނދުނު 6:00 އިން ފެށިގެން، 18:00 އާ ހަމައަށް ތަމްރީން ޕްރޮގްރާމްގެ ހަރަތާކްތައް ކުރިއަށްދާނެއެވެ. މި ތަމްރީން ޕްރޮގްރާމަކީ ސިފައިންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެއްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވިދާޅުވެއެވެ.