ކުޅިވަރު

އޭއެފްސީ ކަޕްގެ މެޗްތައް ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭނެ: މިނިސްޓަރ މަޙްލޫފު


އޭއެފްސީ ކަޕްގެ މެޗްތަށް ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑުގައި ކުޅެވިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ކަޕްގެ މެޗްތައް މިއަދާހަމައަށް ކުޅެފައިވަނީ މާލޭގައި އެކަންޏެވެ. 2014ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އޭއެފްސީ ޗެލެންޖްކަޕްގެ މެޗްތަށް ކުޅެފައިވަނީ މާލޭގެ އިތުރުން އައްޑޫ ސީޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

ގަމު ޒޯން ސްޓޭޑިއަން ހުޅުއްވައިދެއްވާފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުއެވެ. މިރަސްމިއްޔާތުގައި ވާދަކަދައްކަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ މިސަރުކާރުން އަތޮޅުތަކުގައި ކުޅިވަރު ތަރައްގީ ކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މާލޭގެ އިތުުރުން ފުޓްބޯޅަ ދަނޑުތަކާއި ފުޓްސެލް ދަނޑުތަށްވެސް ރަށްރަށުގައި އަޅާ ނިމި ކުޅެމުންދާކަމަށާއި އަދި މިހާރު ވަރަށް ގިނަ ރަށްރަށުގައި އެކި ދަނޑުތަކާއި ކޯޓްތަކުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

މިނިމިގެންދާ 1 އަހަރު ދުވަހުގެ ތެރޭގައި މިއީ މަސައްކަތް ނިމި ހުޅުވިގެންދާ 9ވަނަ ދަނޑުކަމަށާއި 39 ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން މާލެއަށް ތޮއްޖެހިފައިވާ ކުޅިވަރުގެ ވަސީލަތްތަކާއި ކުޅިވަރު މުބާރާތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަދަލްކުރަމުންދާކަމަށްވެސް ޔޫތް މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ އުއްމީދަކީ ލ.އަތޮޅުގެ ކުދިން މިޒޯން ސްޓޭޑިއަމްގައި ކުޅެ، ރާއްޖެއަށް ރީތި ނަން ހޯދައިދޭތަން ފެނުންކަމަށެވެ. މިއަދުގެ ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ބޮޑެތި އަދަދުތަކުން ހަރަދު ކުރަމުންދާކަމަށާއި މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ މެޑަލްވެސް ހޯދާފައިވަނީ މިސަރުކާރުގެ ބުރަ މަސައްކަތުންކަމަށް މަހުލޫފް ވިދާޅުވިއެވެ.