ކުޅިވަރު

އާސެނަލްއިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި


ޔޫރޮޕާ ލީގުގައި އާސެނަލް ކުޅުނު މެޗު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ އެޓީމުން ޔަގީން ކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ އާސެނަލް މޮޅުވީ އޮސްޓިރިޔާގެ ރެޕިޑް ވިއެނާއާ ވާދަކޮށް 4-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި އާސެނަލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެލެކްސެންޑަ ލަކަޒެޓް އިތުރުން ޕަބްލޯ މަރީ، އެޑްވާޑް ނަކޭޓާ، އެމިލް ސްމިތް ރޮއުއެވެ. އާސެނަލްއިން މިމެޗުގައި ވަނީ 2000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ.

ރޭގައި ޖެހިލަނޑާއެކު ނެކީޓާވަނި ކެރިއަރު 16 ލަނޑުހަމަކޮށްފައެވެ. ރޭގެ ލަކެޒޭޓް ޖެހިލަނަޑާއެކު ޔޫރަޕާ ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދަވަނީ 20 އަރާފާއެވެ. އޭނާ ހިމެނެނީ މުބާރާތުގައި 20 ލަނޑު ހަމަކުރި 8 ކުޅުންތެރިންގެ ތެރޭގައިއެވެ. މިމޮޅާއެކު 2005 ވަނައަހަރުފަހުން އާސެނަލްއިން ޔޫރަޕުގައި ގުރޫޕް ސްޓޭޖުގައި ދެވަނަ ފަހަރަށް ފަސް މެޗު މޮޅުވެފައެވެ. ފުރަތަމަ ފަސްމެޗުން މޮޅުވިފަހަރު އެޓީމުން ވަނީ ޗެމްޕިއަންސް ލީގު ފައިނަލުގައި އެފަހަރު ކުޅެފައެވެ

އާސެނަލްއިން ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ފަސްމެޗުން 95 ހަމަލާ އުފައްދާފައެވެ. ރޭ މި ގުރޫޕްގައި މޯލްޑް ވާނީ ޑަންޑޯކް މައްޗަށް 3-1 ލަނޑުން ކުރިހޯދާފައެވެ. މި ނަތީޖާއެކު އާސެނަލް ގުރޫޕްގެ އެއްވަނައިގަ އޮތީ 15 ޕޮއިންޓާއެކުއެވެ. މޯލްޑް ދެވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. ރެޕިޑް ވިއެނާ 6 ޕޮއިންޓާއެކު ތިންވަނައިގަ އޮތްއިރު މި ދެޓީމަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.