ކުޅިވަރު

ރިސޯޓް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ރީތިރަށް ހޯދައިފި


ސޮނީ ސްޕޯޓްސް އިންޓަރ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް
ލީގުގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތިރަށް ހޯދައިފިއެވެ. 

ވަން އެންޑް އޮންލީ
ރީތިރަށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް
މެޗްގައި ސަން އައިލެންޑް ރިސޯޓް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ފައިނަލް މެޗްގެ
ސެޓްތަށް ރީތިރަށް ގެންދިޔައީ 25-19،  25-21،  އަދި 25-19 ނެވެ.

 ފައިނަލް މެޗާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޗެމްޕިއަން
ރީތިރަށުގެ އަލީ ހުޒާމްއެވެ. މިމުބާރާތުގެ އެށާވީސް އަހަރުން ދަށުގެ އެންމެ މޮޅު
ކުޅުންތެރިއަކީ ރީތިރަށުގެ ހަސަން ނިލާމްއެވެ.