ކުޅިވަރު

ލާސްކް އެއްވަރުވެ ޓޮޓެންހަމް ކޮލިފައި ވެއްޖެ


ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް ޓޮޓެންހަމް އާއި އޮސްޓްރިއާގެ ލާސްކް ވާދަކުރި މެޗު އެއްވަރުވެގެން ލިބުނު ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ޓޮޓެންހަމް ކޮލިފައިވެއްޖެ.

ރަށުން ބޭރުގައި ޓޮޓްނަމް އެއްވަރުވީ 3-3 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމުން ލާސްކްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެއްމެ ހަމަލާއެކެވެ. މެޗުގައި ޓޮޓެންހަމް ލަނޑުތައް ކާމިޔާބުކޮށްދިނީ ގެރެތް ބޭލްގެ އިތުރުން ސަން އާއި ޑެލި އަލީއެވެ.
ލާސްކްއިން ނަތީޖާ ހަމަ މެޗުގެ އިތުރުވަގުތުގެ އެންމެފަހު މިނިޓުގައެވެ. ރޭގައި ސަން ޖެހިލަނޑާއެކު އޭނާ ވަނީ މި ސީޒަންގެ މިހާތަނަށް 10 ލަނޑުޖާ ހަތަރު ލަނޑުޖަހަން އެހީތެރިވެދީފައެވެ.

ރޭގެ މެޗުގައި ބޭލް ޖަހައިދިން ލަނޑަކީ 2013 ވަނަ އަހަރުގެ ފަހުން ޔޫރަޕުގައި ޓޮޓްނަމްއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ރޭގައި ޖެހިލަނޑާއެކު އޭނާ ޖެހި ލަނޑުގެ އަދަދުވަނީ 200 އަރާފައެވެ. އެއީ ޓޮޓެންހަމަށް އެނާ ކާމިޔާބުކޮށްދިން 57 ލަނޑެވެ. އަދި ގައުމީ ޓީމާއި ސައުތުހެމްޓަން އާއި ރެއާލް މެޑްރިޑް އެކޮށް ކާމިޔާބުކުރި 143 ލަނޑެވެ.

މިމެޗާއެކު މުބާރާތުގައި ބަލިނުވެ ޓޮޓްނަމްއިން ވަނީ 7 މެޗު ހަމަކޮށްފައެވެ. މި ގުރޫޕްގައި ރޯޔަލް އެންޓިވާޕް ވަނީ ލުޑްގުރުޓްސްގެ މައްޗަށް 3-1 ލަނޑުން ކުރިހޯދާފައެވެ. މިނަތީޖާއެކު މި ގުރޫޕްއިން ދެވަނަ ބުރަށް ދިޔައީ އެންޓިވާޕް އިތުރުން ޓޮޓެންހަަމެވެ. އެންޓިވާޕް ގުރޫޕްގެ ކުރީގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. ޓޮޓްނަމް ދެވަނަގައި އޮތީ 10 ޕޮއިންޓާއެކުގައެވެ.