ޚަބަރު

ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙުޤީޤުކުރުމަށް ޖޭ.އެސް.ސީއިން ނިންމައިފި


ދެ ފަނޑިޔާއެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީސަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ގއ. ޖުޑީޝަލް ދާއިރާ ހިންގެވުމާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓް އިބްރާޙީމް އިޙްސާނާއި ސިވިލް ކޯޓުގެ ގާޟީ ޢަލީ ޢަބްދުﷲ ގެއެވެ.

މެޖިސްޓްރީޓް އިބްރާޙީމް އިޙްސާންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީން ތަޙުޤީޤުކުރަމުން ދަނީ، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ޝަރީޢަތް ކުރިއަށް ގެންދިޔުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އަދި ސިވިލް ކޯޓުގެ ގާޟީ ޢަލީ ޢަބްދުﷲގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުން ދަނީ، ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ގޮތެއް ނުނިންމަވައި އެމައްސަލަ ލަސްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭ.އެސް.ސީއިން ތަޙުޤީޤުކޮށްފައިވެއެވެ.