ޚަބަރު

ޑަބްލިއުއެސްއޭ ހޭންޑް ބޯލް މުބާރާތް - ނޮޅީވަރަމް އާއި، ޔުނީކް ފްރެންޑްސް ބައްދަލުކުރި މެޗު ނޮޅިވަރަމް ކާމިޔާބުކޮށްފި


ޑަބްލިއު އެސް އޭ ހޭންޑް ބޯލް ބެޓްލް 2020 ގެ އަންހެން ޑިވިޝަންގެ ނޮޅީވަރަމް ޓީމާއި، ޔުނީކް ފްރެންޑްސް ބައްދަލުކުރި މެޗު ނޮޅިވަރަމް ޓީމް ކާމިޔާބުކޮށްފިއެވެ.

މިމެޗު ނޮޅިވަރަމް ޓީމް ކާމިޔާބުކުރީ 2-0 އިން. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ނޮޅިވަރަމްގެ އާސިމާ މުހައްމަދެވެ.

މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗްގައި ޓީމް އަލްފާއާއި ސަތޭކަ ބައްދަލުކޮށް 1-14ން މެޗް ކާމިޔާބުކުރީ ޓީމް އަލްފާއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަލްފާގެ ޖާރޒީ ނަންބަރ 14 އާދަމް އަލީމް އަމީނެވެ.

މިމުބާރާތުގެ 3 މެޗު ރޭގައިވެސް ވަނީ ކުޅެފައެވެ. އެގޮތުން ފުރަތަމަ ކުޅުނު އަންހެން ބައިގެ މެޗުގައި ޝޭޑް އަދި ރަނިކަ ބައްދަލްކޮށް 2-4ން މެޗް ކާމިޔާބުކުރީ ރަނިކައެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރަނިކަ ޓީމްގެ ލަތިފާ އިޤްބާލެވެ. ދެވަނަ މެޗްގައި ސްޓެމިނާ އަދި ޓީމް ސްޓާރ ބައްދަލުކޮށް 4-17ން މެޗް ކާމިޔާބުކުރީ ޓީމް ސްޓާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސްޓާގެ ނުޒުހަތު ޢަލީއެވެ.

ރޭ މިމުބާރާތުގައި އެންމެ ފަހުން ކުޅުނީ ފިރިހެންޑިވިޝަންގެ މެޗެކެވެ. މިމެޗްގައި މިނީޒިގްޒެގާއި ނިއުއޭޖް ބައްދަލުކޮށް 4-10ން މެޗް ކާމިޔާބުކުރީ ނިއުއޭޖެވެ. މޮޅުކުންތެރިއަކަށް ހޮވިފައިވަނީ ނިއުއޭޖްގެ ފަތުހުﷲ އާދަމެވެ.

މި މުބާރާތުގެ ކުޅުން މިރެއާއި މިއަދުވެސް ކުރިޔަށްދާނެއެވެ.