ޚަބަރު

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ޒުވާނުންގެ
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.





ޒުވާނުންގެ
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ފަންސަވީސް ވަނަ ދުވަހާއި
ހަމައަށް ވަނީ ހުޅުވާލެވިފައެވެ.





ޔޫތް
މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި އަހަރު ޒުވާނުންގެ އިނާމުތަފާތު 10 ދާއިރާ އަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.



ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު
ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް
ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ
ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ
މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް
ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. 





ޒުވާނުންގެ
އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް އަދި 25,000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



ރާއްޖޭގައި
ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ
ޔާމިން އަބުދުލް ޤައްޔޫމް މަޤާމްގެ ހުވާކުރެއްވި ދުވަހެވެ. އެދުވަސް ޒުވާނުންގެ
ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ އެމަނިކުފާނުގެ ސަރުކާރުން ޒުވާނުންގެ
ތަރައްޤީއަށް ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުންނެވެ.



ރާއްޖޭގައި ޒުވާނުންގެ
ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދަނީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހެވެ.