ޚަބަރު

16 ޓީމާއެކު ޑަބްލިއު އެސް އޭ ހޭންޑްބޯލް ބެޓްލް 2020 ކުޅުދުއްފުށީގައި ފަށައިފި


ޑަބްލިއު ސްޕޯޓްސް އެކަޑެމީ (ޑަބްލިއުއެސްއޭ) އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލި ހޭންޑްބޯލް މުބާރާތް 16 ޓީމާއެކު މިއަދު ފަށައިފިއެވެ. ޑަބްލިއު އެސް އޭ ހޭންޑް ބޯލް ބެޓްލް 2020ގެ ނަމުގައެވެ.

މިމުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިންނެވެ. އެގޮތުން ފިރިހެން 7ޓީމާއި އަންހެން 9 ޓީމް މިމުބާރާތުގައިވަނީ ބައިވެރިވެފައެވެ. ރަށުން ބޭރުން ބައިވެރިވެފައިވަނީ ނޮޅިވަރަމްގެ އަންހެންޓީމެއް އެކަންޏެވެ.

މި މުބާރާތް ފަށާފައިވާއިރު މިހާރު ވަނީ ދެމެޗްކުޅެފައެވެ. ފުރަތަމަ ކުޅުނު މެޗްގައި ބައްދަލުކުރީ އަންހެން ޑިވިޝަންގެ ޓީމް ސްޓާރ އަދި ޝޭޑެވެ. މިމެޗް ނިމިގެންދިޔައީ 4-4 ން އެއްވަރުވެގެންނެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް ސްޓާރގެ ޖާރޒީ ނަންބަރ 9 ނަސީމާ އިބްރާހީމެވެ.

މި މިބާރާތުގެ ދެވައަށް ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ މިނީ ޒިގްޒެގާއި، ޓީމް އަލްފާއެވެ. މިމެޗް 5-14 ން ކާމިޔާބުކުރީ ޓީމް އަލްފާއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އަލްފާގެ ޖާރޒީ ނަންބަރު 8 ހުސެން އަބްދުއްރަޝީދެވެ.

މިމުބާރާތުގެ 3 މެޗް މިރޭވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ.