ޚަބަރު

ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް ގަޑިއެއްހާ އިރުތެރޭގައި ކަރަންޓް ލިބޭނެ


ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ. އެހެންނަމަވެސް މިހާރު ހުޅުމާލޭގެ 70 އިންސައްތައަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި ދިމާވި މައްސަލަ ޙައްލުކޮށް ގަޑިއެއްހާއިރުތެރޭގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއިން އަންނަނީ ކަރަންޓު ކެނޑުމުގެ މައްސަލަތައް ޙައްލުކޮށް ލޯޑު ބޮޑުވާ ގަޑިތަކުގައިވެސް ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ މަހުގެ ތެރޭގައިވެސް މާލެއިން 5 ގަޑިއިރަށްވުރެ ގިނަ އިރަށް ކަރަންޓު ކެނޑިފައިވެއެވެ.