ޚަބަރު

ފައިނު އާއި ކިނޮޅަހު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ދުވާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ރ. ފައިނު އާއި ކިނޮޅަހުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ފުލުހުންވަނީ އެދެރަށުގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައެވެ.

މި ޕްރޮގްރާމުގައި ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކާއި ކުށެއް ހިނގައިފިނަމަ ކުށުގެ ވެށި ރައްކާތެރިކޮށް ބޭއްވުމަށް ކުރެވިދާނެ ކަންކަމާއި މައްސަލަތައް ސިއްރުނުކޮށް ވީހާވެސް އަވަހަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން އަންގާ އެންމެހައި ކަންކަމަށް ބޯލެނބުމަށާއި ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަނޑު އުޅަނދު ފަހަރާއި އެއްގަމު އުޅަނދު ދުއްވުމަށްވެސް މި ޕްރޮގޮރާމުގައި ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، ފައިނު އާއި ކިނޮޅަހުގައި އުޅޭ ބިދޭސީންނާއި ވިޔާފަރިކުރާ ތަންތަނާއި އެއްގަމު އުޅަނދުފަހަރާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.