ވިޔަފާރި

އިންޓަރނަލް އޮޑިޓަރުންނަށް ހިންގާ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި


އިންޓަރނަލް އޮޑިޓަރުންނަށް ހިންގާ ޚާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

މިއީ ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިންގ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގުރާމެއްކަމަށް އެމިނިސްޓްރީން ބުނެއެވެ. މިތަމްރީންގެ ފުރަތަމަ ބެޗު މިހާރު ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ އިންޓަރނަލް އޮޑިޓެއް ޕްލޭންކުރާނެ ގޮތާއި، ހިރާސްތައް ދެނެގަންނާނެގޮތާއި، އޮޑިޓްގެ ފީލްޑްވާރކް ކުރިއަށް ގެންދާނެގޮތްތައް ބުނެދިނުމެވެ. މީގެއިތުރުން އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެގޮތާއި، އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުންވެސް މިތަމްރީން ޕްރޮގްރާމް މަޤްސަދުތަކުގެތެރޭގައި ހިމެނެއެވެ.

7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ 15 ގަޑިއިރަށެވެ. އެގޮތުން މިތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިމި 2 ވަނަ ބެޗުގެ ކިޔެވުން މިހާރު ވަނީ ފަށާފައެވެ.