ތަޢުލީމު

މިއަހަރުގެ އޯލެވެލް އިމްތިހާން މިއަދު ފަށައިފި




ހަތް ހާހަށް ވުރެ ގިނަ ދަރިވަރުންނާ އެކު މި އަހަރުގެ އޯ ލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.



އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު
ރާއްޖެއިން މުޅި ޖުމްލަ  7066  ދަރިވަރުން ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާ އިރު، އޭގެ ތެރޭގައި
ސްކޫލްތަކުން 5365 ދަރިވަރަކު އިމްތިހާން ހަދާނެކަމަށެވެ.
މިއީ 192 ސްކޫލަކުން ބައިވެރިވާ ދަރިވަރުންނެވެ.



މި އިމްތިޙާންގައި އަމިއްލަ ގޮތުން 47
ތަނެއްގައި އިމްތިހާނު ބާއްވާ އިރު، އަމިއްލަ ގޮތުން 1701  ދަރިވަރަކު މި އަހަރުގެ އިމްތިހާނުގައި ބައިވެރިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.



އޯލެވެލް އިމްތިޙާން ގައި މިއަދު ހެނދުނާއި
މެންދުރުވެސް އޮންނާނީ ޓްރެވަލް އެންޑް ޓުއަރިޒަމް މާއްދާގެ ޕޭޕަރުތަކެވެ.
އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިޙާން މިމަހުގެ ދިހަ އެއް އަދި އެގާރަވަނަ
ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެސްއެސްސީ އިމްތިޙާން މިއަހަރު އަލަށް
ސްރީލަންކާގެ ކޮލަމްބޯގައި ވެސް ބާއްވާނެކަމަށެވެ.



މި އަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު ނިމޭނީ
ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.



މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި
7202 ދަރިވަރުން ބައިވެރިވެފައިވެއެވެ.