ވިޔަފާރި

އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް މުހައްމަދު ނިޒާމް


ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް އައްޔަން ކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމްއެވެ. އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދު އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މި ވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯ އެވެ.

ނިޒާމް ސީއެފްއޯގެ މަގާމަށް ހަމަޖައްސާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ވަކިވެވަޑައިގަންނާތީ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިހާދު ސީއެފްއޯގެ މަގާމުން ވަކިވީ ދުނިޔޭގެ އެންމެ ބޮޑު ކޮންސަލްޓެންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. މިއީ އިންޓަނޭޝަނަލް ކޮންޓަލްސަންސީ ފާމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދު ވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.