ދުނިޔޭގެ ވިޔަފާރި

އަންނަ ހަފްތާގައި އަޔަރ ލޭންޑްގެ 150،000 މީހުންނަށް އަނބުރާ ވަޒީފާއަށް ނިކުމެވޭނެ


މިއަންނަ ހަފްތާގައި 100،000 އާ 150،000 އާ ދެމެދުގެ މީހުންނަށް އަނބުރާ ވަޒީފާއަަށް ނިކުމެވޭނެ ކަމަށް އަޔަރލޭންޑްގެ ބިޒްނަސް މިނިސްޓަރ ލިއޯ ވަރަދްކަރ ވިދާޅުވެއްޖެއެވެ. ގިނަ ބަޔަކަށް ވަޒީފާއަށް ނިކުމެވޭގޮތްވީ ޝޮޕިންގ މޯލްތަކާއި ރެސްޓޯރަންޓްތަކާއި ޖިމްތަކާއި، ކެފޭތައް ހުޅުވުމަށް ނިންމާފައިވުމުންނެވެ.

ކޯވިޑް-19ގެ ސަބަބުން ދޭ އިނާޔަތްތައް އަޔަރލޭންޑުގެ 150،000 މީހުންނަށް ދެމުންދާ ކަމަށް ލިއޯ ވިދާޅުވިއެވެ.

އަޔަރލޭންޑުގެ ސެންޓަރަލް ސްޓެޓިސްޓިކްސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުުގެ ސެޕްޓެމްބަރު މަހު އެޤައުމުގެ 180،400 މީހުންގެ ވަޒީފާ ގެއްލިފައިވެއެވެ. އަދި މިދިޔަ އޮކްޓޫބަރުމަހު އެއަދަދުވަނީ 180،500 އަށް އިތުރުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު މިހަރުގެ އޮކްޓޯބަރު މަހު ވަޒީފާ ގެއްލުނު މީހުންގެ އަދަދަށް 4.7 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން އަޔަރލޭންޑުގެ ވަޒީފާގެ ބާޒާރަށް ބޮޑެތި އަސަރުތަކެއް އަންނަނީ ކުރަމުންނެވެ.