ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން އައްޔަންކުރައްވައިފި


ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރައީސުލްޖުމްހޫރިއްޔާ 5 މެންބަރުން އައްޔަންކުރައްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ތިއްބެވި 5 މެންބަރުންގެ ދައުރު ހަމަވެފައިވަނީ ނޮމެމްބަރ 28ވަނަ ދުވަހުއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ ތެރޭގައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ރައީސް އައްޔަންކޮށްފައިވާ 5 ބޭފުޅުންނަކީ:
- ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
- އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
- އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
- އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން 9 ބޭފުޅަކު ވަނީ ޝަޢުގުވެރިކަން ފާޅުކޮށް އެމަޤާމަށް ކުރިމަތިލައްވާފައެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.