ކުޅިވަރު

އަޝްފާޤް އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފި


ވަރުގަދަ ކެމްޕޭނަކާއެކު އޭއެފްސީ ބްރެކެޓް ޗެލެންޖް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބުކޮށްފިއެވެ.

އޭއެފްސީ ބްރެކެޓް ޗެލެންޖަކީ އޭއެފްސީ ކަޕްގައި ކުލަބްތަކުން ޖަހާފައިވާ މޮޅު ގޯލް ހޮވުމަށް އޭއެފްސީން ކުރިއަށްގެންދިޔަ ޗެލެންޖްއެކެވެ. ގިނަ ކުޅުންތެރިންތަކެއް ބަލިކުރުމަށްފަހު ދަގަނޑޭ ފައިނަލްގައި ބަލިކޮށްފައިވަނީ ހޮން ކޮންގުގެ ޗަން ސިއު ކީއެވެ.

ބްރެކެޓް ޗެލެންޖްގައި ދަގަނޑޭގެ ގޯލްއަށް ހޮވިފައިވަނީ 2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިޔާގެ ޕާސިޕޯކޮޅަށް ޖެހި ސޯލޯ ގޯލްއެކެވެ. އަދި މިޗެލެންޖްގައި ދަގަނޑޭ އާއި ފައިނަލްގައި ވާދަކުރި ޗަން ސިއު ޖެހި ގޯލްތަކުގެ ތެރެއިން ބްރެކެޓް ޗެލެންޖްއަށް ހޮވިފައިވަނީ ސައުތު ޗައިނާ އަށް ކުޅެމުން މެލޭޝިއާގެ ޕަހާންގް ކޮޅަށް ޖަހާފައިވާ ގޯލެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފައިނަލްގެ ވޯޓުލުން ފެށުމާ އެކު ދަގަނޑޭ ވޯޓް ހޯދައިދިނުމަށް ވަރަށް ގިނަ ފަރާތްތަކުން ދިޔައީ ކެމްޕޭން ކުރަމުންނެވެ. ވޯޓުލުން ނިމުނުއިރު ދަގަނޑޭ އަށް %89.14 ވޯޓު ލިބުނުއިރު، ކީ އަށް ލިބުނީ %10.86 އެވެ. މިޗެލެންޖް ދަގަނޑޭ ކާމިޔާބުކޮށްފައިވަނީ ވަރަށް ގިނަ ސަޕޯޓަރުންގެ އެހީއާއެކުއެވެ.

ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން ފަރާތުން އިސްނައިގެން އަލީ އަޝްފާގްއަށް ވޯޓް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ އަދި އަޝްފާގްއަށް ސަޕޯޓްކުރާ ވަރަށް ގިނަ ފަރާތްތަކުންވަނީ ސޯޝަލް މީޑިޔާގައި ފޯރިގައި ކެމްޕޭންކޮށްފައެވެ. ކޮމިއުނިޓީ ވައިބާ ގުރޫޕްތައް ހަދައިގެންވެސް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވެއެވެ. މިޗެލެންޖް ފެށިފަހުން ދަނގަަޑޭވަނީ ކުވޭތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާ ފައިނަލުގައި ވަނީ ހަނޯއިގެ ގުޔެން ވެން ޔުޔެޓް އަދި ސެމީ ފައިނަލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާންގެ މައްޗަށް ކުރިހޯދައިފައެވެ.

ބްރެކެޓް ޗެލެންޖްގައި ވާދަކުރި ދަގަނޑޭގެ ގޯލްގެ އިތުރުން އެމެޗްގައި ދަގަނޑޭވަނީ އިތުރު 4 ގޯލް ޖާހާފައެވެ. ނިއު ރޭޑިއަންޓްގެ ޖަރޒީގައި ދަގަނޑޭ ކުޅެމުންދިޔަ މެޗް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވަނީ 7 ލަނޑު 0 ލަނޑުން.
ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. ފާސިބޯއާއި ދެކޮޅަށް ދަގަނޑޭ ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވާފައެވެ.