ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަފަރާތްތަކަށް ޙާއްސަ ކުރެވިފައިވާ ފްލޫ ކުލިނިކްތަކަށް މިހާތަނަށް 600އަށްވުރެއް ގިނަ މީހުން ދައްކާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ހެލްްތްމިނިސްޓްރީގެ ސްޕޯކްސް ޕާރސަން ތަސްލީމާ އުސްމާން ވިދާޅުވީ 550 މީހުން މާލޭގައި ހުންނަފްލޫ ކުލިނިކަށް ދައްކާފައިވާކަމަށެވެ.ހުޅުމާލޭ ހޮސްޕިޓަލްއަށް ގާތްގަނޑަކަށް 80އަށް ވުރެ ގިނަމީހުންދައްކާފައިވާކަމަށް ތަސްލީމާ ވިދާޅުވިއެވެ. އަތޮޅުތަކުގައި ހުންނަ ފްލޫކުލިނިކްތަކަށް ހަތަރު އަތޮޅަކުން 16 މީހުން ފްލޫ ކުލިނިކަށް ދައްކާފައިވާކަމަށް ވެސް ތަސްލީމާ ވިދާޅުވެފައިވެއެވެ.މިހާތަނަށް ފްލޫ ކުލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން ސީރިއަސް ބައްޔެއް ފެނިފައި ނުވާކަމަށް ތަސްލީމާ ވިދާޅުވިއެވެ. މި ފްލޫ ކުލިނިކްތަކުގެ ޚިދުމަތް މިމަހުގެ ވިހިވަނަ ދުވަހާއިހަމައަށް ޚިދުމަތް ދެމުންގެންދާނެކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. ފްލޫ ކުލިނިކް ތަކުން ފަރުވާ ހޯދާފަރާތްތަކުން ކިއޫގައި ނަންބަރުނަގައިގެން މަޑުކުރަން ނުޖެހޭނެކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.ހައްޖާޖީންނަށް ހާއްސަ ފްލޫ ކުލިނިކްތައް ހުންނާނީ އައި.ޖ.ީއެމ.ްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އަތޮޅު ހޮސްޕިޓާތަކުގައެވެ. ހުންއައިސް ނޭވާ ކުރުވުން ފަދަ އަލާމާތެއް ހުރިނަމަ ވީއެންމެ އަވަހަކަށް ފްލޫކުލިނިކަށް ދެއްކުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.