ކުޅިވަރު

ޑިނަމޯ ކިއޭވް ބަލިކޮށް ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައަށް


ބޮޑު ތަފާތަކުން ޑިނަމޯ ކިއޭވް ބަލިކޮށް ބާސެލޯނާއިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން ޖާގަ ހޯދައިފިއެވެ.

ބާސެލޯނާގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ޑިނަމޯކިއޭވްއާއި ދެކޮޅަށް ނިކުމެ މެޗު ބާސާއިން ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ. މެޗުގައި ބާސެލޯނާގެ ކެޕްޓަން ލަޔަނަލް މެސީ އަދި މިޑްފިލްޑަރ ފްރެންކީ ޑިޔޮންގ ކުޅެފައެއް ނުވެއެވެ. އަދި ފޯވަޑް އުސްމާނޭ ޑެމްބެލޭވެސްއިނީ ބެންޗުގައެވެ.

ބާސެލޯނާގެ ޒުވާން ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ބާސެލޯނާގެ ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ޖަހައިދިނީ މާޓިން ބްރެއިޓްވެއިތްއެވެ. އަނެއް ދެ ގޯލް ޖަހައިދިނީ ސާޖީނިއޯ ޑެންޓް އަދި އޮންޓުއާން ގްރީޒްމަންއެވެ. ރޭގެ މެޗުގައި ބާސެލޯނާއިން ނެރުނު ފުރަތަމަ އެގާރައަކީ 2011ގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ފަހުން ޗެމްޕިއަންސް ލީގު މެޗަކަށް އެޓީމުން ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރައެވެ.

މިހާތަނަށް ބާސެލޯނާ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ ގަދަ ސޯޅައިން ޖާގަ ހޯދިއިރު، އެޓީމް އޮތީ ގްރޫޕް ޖީގެ އެއްވަނައިގައި 12 ޕޮއިންޓާއިއެކުގައެވެ. ޑިނަމޯ ކިއޭވްއަށް 4 މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.