ޚަބަރު

މޫދުގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ބިދޭސީ މީހާ މޫދަށް އެރުނީ އަމިއްލައަށް


މާލޭ ދެކުނުފަރާތު މޫދުގައި މަރުވެފައި އޮއްވައި އިއްޔެ ފެނުނު އިނގިރޭސިވިލާތުގެ މީހާ އަމިއްލައަށް މޫދަށް އެރިއުޅޭ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޕޮލިސް ޓޯވޔާޑާ ދިމާލު މޫދުން އިއްޔެ މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ. އޭނާ މުދުން ނެގި އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިއަދު ވިދާޅުވީ، އޭނަ އިއްޔެ 09:29 ހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން އޭނާގެ ހަށިގަނޑު އެއްވެސް ހަރަކާތެއްނެތި ފެންމަތީގައި އޮންނަ މަންޒަރު ފެންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.