ތަޢުލީމު

"ދަ ގުޑް ކެރެލްޓަރ" ފޮތް ކިޔުމުގެ މުބާރާތުގެ ނަޠީޖާ ފާޅުކޮށްފި


ލާލޭ ޔޫތް އިންޓަރނޭޝަނަލް
ސްކޫލުން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރ ސްކޫލް ބުކްރީޑިން ކޮންޕެޓިޝަނުގެ
އެއްވަނަ ސީއެޗްއެސްސީގެ އައިމިނަތު ޝައްފާނާ މުހައްމަދުއާ އިމާދުއްދީން ސްކޫލްގެ
އަހުމަދު ފައިޒާން ފަޒީލް ހޯދައިފިއެވެ.



ލާލޭ ޔޫތް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމްކޮށްގެން
ބޭއްވި މި ބުކްރީޑިން ކޮމްޕެޓިޝަންގެ ނަތީޖާ ފާޅުކޮށް އެވޯޑްދިނުމަށް ހުކުރު ދުވަހުގެ ރޭ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ޖަލްސާގައި މި މުބާރާތުގެ ގަދަ ދިހައެއްގައި
ހިމެނުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން
ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމްއެވެ. " ދަ ގުޑް ކެރެކްޓަރ
ބުކް ރީޑިންގ ކޮމްޕެޓިޝަން " ގެ ނަމުގައި ބޭއްވި މި މުބާރާތަކީ ދަރިވަރުންނަށް
ރިވެތި އަޚްލާގާއި ރަނގަޅު ގޮތްތައް 
ދަސްކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެއްކަމަށް ލާލޭ ޔޫތް އިންޓަރނޭޝަނަލް
ސްކޫލުން މަޢުލޫމާތުދެއެވެ. ގްރޭޑް އަށަކުން މަތީގެ ސްކޫލްކުދިންނަށް
ހުޅުވާލައިގެން ބޭއްވި މިމުބާރާތުގައި ރާއްޖޭގެ ޖުމްލަ ފަނަރަ ސްކޫލަކުން
ނުވަސަތޭކަ ކުދިން ރެޖިސްޓްރީކޮށްފައިވާކަމަށް ލާލޭ ޔޫތް އިންޓަރނޭޝަނަލް ސްކޫލުން
މަޢުލޫމާތުދެއެވެ. މި މުބާރާތުގައި ކުދިންނަށް ކިޔުމަށް ހަވާލުކޮށްފައިވާ ފޮތަކީ އިސްލާމްދީން
ގެނެސްދީގައިވާ ރިވެތި އުޅުމާއި އަހްލާޤުގެ މައްޗަށް ލިޔެފައިވާ ފޮތެއްކަމުގައިވާ
" ގުޑް ކެރެކްޓަރ " މިފޮތެވެ.



މިމުބާރާތުގެ ނަތީޖާ ފާޅުކުރުމަށް
ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑރ އަލީ ޝަމީމް
ވަނީ އުގެނުމުގައި ފޮތްކިޔުމުގެ މުހިންމުކަމާ އޭގެ ފައިދާގެ މައްޗަށް އަލިއަޅުވާލައްވާ
ވާހަކަފުޅު ދައްކަވާފައެވެ.



އޮގަނައިޒިން ކޮމިޓީގެ
ޗެއާމަނެއްގެ ގޮތުން ހާވާޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ ސަލްޗުކް
އޮޒާޓްވެސް މިޖަލްސާގައި ވާހަކަފުޅު ދައްކަވާފައިވާފައިވެއެވެ. މި މުބާރާތުން ލާލޭ
އިންޓަރނޭޝަލް ސްކޫލުން ވަނަތައް ހާޞިލްކުރި ކުދިންނަށްވެސް އިނާމުދިނުމާ
މުބާރާތުގައި ބައިވެރި ސްކޫލްތަކަށް ހަނދާނީ ލިއުންދިނުންވެސް ކުރިޔަށްދިޔައެވެ.

ލޭލޭ ޔޫތް އިންޓަރނޭޝަނަލް ސްކޫލަކީ 2009 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ހިންގަމުން ގެންދާ ސްކޫލެކެވެ.