ގަލޮޅު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ މަރުވެފައި އޮތްކަން ރިޕޯޓްކޮށްފައިވަނީ މިއަދު 11:57 ހާއިރުކަމަށެވެ. އެމީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަކަށް ގެންގޮސްފައިވާކަމަށާއި، މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
ގަލޮޅު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، މިއަދު ހެނދުނު މާލޭގެ ދެކުނު ފަރާތު މޫދުންވެސް ވަނީ އިނގިރޭސިވިލާތުގެ މީހެއް މަރުވެފައި އޮއްވާ ފެނިފައެވެ.