ކުޅިވަރު

ލީގުގައި ފުރަތަމަ ފަހަރަށް ބާންލީއަށް މޮޅެއް


އިނގިރޭސި ލީގުގައި ކްރިސްޓަލް ޕެލެސް ބަލިކޮށް ބާންލީ ލީގުގެ ފުރަތަމަ މޮޅުހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާންލީ ކުރިހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކިރްސް ވޫޑްއެވެ. މިއީ މި ސީޒަންގައި އޭނާ ބާންލީއަށް ކާމިޔާބުކޮށްދިން ދެވަނަލަނޑެވެ. މިއީ މި ސީޒަނުގެ ލީގުގައި ބާންލި ހޯދީ ފުރަތަމަ މޮޅުވެ.

އެންމެފަހުން ލީގުގައި ކްރިސްޓަލް ޕެލޭސްއާ ވާދަކުރި ހަތަރު މެޗުން ވެސް ބާންލީ ވަނީ މޮޅުވެފައެވެ. ރޭގެ މެޗުގެ ކުރިން އެންމެފަހުން ބާންލީ ލީގުމެޗަކުން މޮޅުވެފައިވަނީ ހުސްވި ޖުލައިމަހުގައެވެ. މިމެޗުން ހޯދި މޮޅާއެކު ބާންލީ ވަނީ ލީގުގެ ރެލިގޭޝަން ޒޯނާ އެއްޕޮއިންޓް ފެޔައަށް ޖެހި 17 ވަނައަށް ޖެހިލާފައެވެ. ކްރިސްޓަލް ޕެލެސް އޮތީ 13 ޕޮއިންޓާއެކު 10 ވަނައިގައެވެ.

ރޭ ލީގުގައި ވުލްވޯސް އާއި ސައުތުހެމްޓަން ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގެ ދެވަނަހާފްގައި ލަނޑުތައް ފެނގެން ދިޔައިރު ސައުތުހެމްޓަން ލީޑްނެގީ ތިއޯ ވޮލްކޮޓްގެ ލަނޑުންނެވެ. މިއީ 14 އަހަރުފަހުން ލީގުގައި އޭނާ ސައުތުހެމްޓަނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ނަތީޖާ ވުލްވޯސް ހަމަހަމަކޮށް ދިނީ ރައުލް ޖިމިނޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ވުލްވޯސް އަށް ލީގުގައި އެންމެފަހުން ކުޅުނު 7 މެޗުގައި ވެސް ކާމިޔާބީއެއް ލިބޭ ގޮތެއް ނުވެއެވެ. ސައުތުހެމްޓަނުން ވަނީ 2013ވަނަ އަހަރު ފަހުން ލީގުގައި ފުރަތަމަފަހަރަށް ބަލިނުވެ 7 މެޗު ހަމަކޮށްފައެވެ. މިނަތީޖާއެކު ސައުތުހެމްޓަން ލީގުގެ ފަސްވަނައިގައި އޮތީ 9 މެޗުން ހޯދި 17 ޕޮއިންޓާއެކުގައެވެ. ވުލްވޯސް 9 ވަނައިގަ އޮތީ 14 ޕޮއިންޓާއެކުއެވެ.