ކުޅިވަރު

އެމްބީއޭ ޗެންޕިއަންޝިޕް އާރްއެލްސީއިން ކާމިޔާބުކޮށްފި


ތޭވީސްވަނަ އެމްބީއޭ ޗެންޕިއަންޝިޕްގެ
ފިރިހެންބައިގެ ޗެމްޕިއަންކަން ވާދަވެރި ކުޅުމަކަށްފަހު އާރްއެލްސީން ހޯދައިފިއެވެ.

އާރްއެލްސީ މިބައިގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ޓީރެކްސްއާއި ވާދަކޮށް 7 ޕޮއިންޓްގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ 94 ޕޮއިންޓް، 87 ޕޮއިންޓުންނެވެ.

ޗެމްޕިއަންކަން އާރްއެލްސީ ހޯދާފައިވާއިރު،
މެޗްގައި ކުޅެވުނު 4 ކުއާޓާރގެ ތެރެއިން ފުރަތަމަ 3 ކުއާޓާރގައިވެސް ލީޑް
ކުރަމުންދިޔައީ ޓީރެކްސްއިންކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ކުއާޓާރގައި ޓީރެކްސްއިން
އާރްއެލްސީގެ މައްޗަށް 24 ޕޮއިންޓް، 22 ޕޮއިންޓުން ކުރި ހޯދިއިރު،
ދެވަނަ ކުއާޓާރގައި ޓީރެކްސްއިން ހުރި ހޯދާފައިވަނީ 53 ޕޮއިންޓް،
46 ޕޮއިންޓުންނެވެ. ތިންވަނަ ކުއާޓާރގައި ޓީރެކްސްއިން ކުރި ހޯދާފައިވަނީ
70 ޕޮއިންޓް، 66 ޕޮއިންޓުންނެވެ.

މިތިން ކުއާޓާރގައިވެސް
ޓީރެކްސްއިން ލީޑް ކުރަމުންދިޔަ ނަމަވެސް އާރްއެލްސީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ އެންމެ ފަހު 4 ވަނަ ކުއާޓާރގައި ކުރި ހޯދައިގެންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީރެކްސްގެ އިބްރާހީމް
ރަޝްވާންއެވެ. އަދި މުޅި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ކުޅުންތެރިއަކީ
އާރްއެލްސީގެ މުހައްމަދު ޒިލާލްއެވެ.

އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކަށް
ހޮވިފައިވަނީ ޓީރެކްސްގެ އިބްރާހީމް ރަޝްވާންއެވެ. އަދި އެންމެ މޮޅު އޮފެންސިވް
ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެމްޕިއަން އާރްއެލްސީގެ މުހައްމަދު ޒިލާލްއެވެ.

އެންމެ
މޮޅު ޕޮއިންޓް ގާޑްއަކަށް ހޮވިފައިވަނީ އާރްއެލްސީގެ އަލީ ފަޒްލީއެވެ. އަދި މުޅި މުބާރާތުގެ
އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން އާރްއެލްސީގެ އަހުމަދު ފަޔާޒް ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އާރްއެލްސީގެ އަހުމަދު
އަފްޝަންއެވެ.