ޚަބަރު

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ނިޔާވެފައި ވަނީ، މިއަދު މެންދުރު ފަހު 2:09 ހާއިރުގައެވެ. މިއީ ނޮވެމްބަރު މަސް ފެށުނު ފަހުން ނިޔާވި 8 ވަނަ މީހާއެވެ.

މިއާއި އެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 46އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 38 ދިވެހިންނާއި 8 ބިދޭސީންނެވެ.