ޚަބަރު

ސިވިލް ސަރވިސްގެ ހުސްމަޤާމްތަކަށް މީހުން ނުނަގަން ނިންމައިފި


ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ
ގޮތުން ސިވިލް ސަރވިސްގެ ހުސް މަޤާމްތަކަށް މުވައްޒަފުން ހޯދުން ހުއްޓާލުމަށް
ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އެދިވަޑައިގެންފިއެވެ.



ސިވިލް ސަރވިސް
ކޮމިޝަނުން އިއްޔެ ނެރެފައިވާ ސަރކިއުލަރ 
އެއްގައި ބުނެފައިވަނީ މި އޮކްޓޯބަރު މަހުންފެށިގެން ހުސްކޮށް ހުރި ސިވިލް
ސަރވިސްގެ މަޤާމްތަކަށާއި އެ ތާރީޚުން ފެށިގެން ހުސްވާ މަޤާމްތަކަށާއި އަންނަ
އަހަރު ހުސްވާ މަޤާމްތަކަށްވެސް މުވައްޒަފުން ނުހޯދުމަށް ރައީސް އޮފީހުން
އެދިވަޑައިގެންފައިވާ ކަމަށެވެ.



މީގެ އިތުރުން
ސަރުކާރުގެ އޮފީސްތަކުން މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް އިއުލާން
ކުރެއްވުމުގެ ކުރިން އެ އޮފީހެއް ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި
މިނިސްޓަރެއްގެ ހުއްދައާއި ފިނޭންސް މިނިސްޓަރ ގެ ހުއްދަ ހޯދުމަށްވެސް ރައީސް
އޮފީހުން ވަނީ އެދިވަޑައިގެންފައެވެ.



ސިވިލް ސަރވިސް
ކޮމިޝަނުން ވަނީ ، އެކޮމިޝަންގެ ހުރިހާ އިދާރާތަކުން މި ގޮތަކަށް
އަމަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ.



ސަރުކާރުން އިއްޔެ ވަނީ މިއަދުން ފެށިގެން
ސަރުކާރުގެ ރަސްމީގަޑި ހެނދުނު 08:00 ން މެންދުރު ފަހު 02:00 އަށް ކުޑަކޮށްފައެވެ. ކުރިން
ސަރުކާރުގެ ރަސްމީ ގަޑިއަކީ  ހެނދުނު08:00  ން މެންދުރު ފަހު 03:00 އަށެވެ.