ވިންޑްސާރފިން ބޯޓެއްގައި ދަތުރުކުރި ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެމްއެންޑިއެފުން ވިދާޅުވީ ވިންޑުސާރފިންގ ބޯޑެއްގައި ލ.މާމެންދޫ އިން ލ.ހިތަދޫއަށް ދަތުރުކުރި 2 ދިވެހިންގެ ޚަބަރެއްނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު ކުރީ 11:30 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާބެހޭ ޤައުމީ އިދާރާއިން، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެއަސަރު ފޯރާނެެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މިދުވަސްވަރު މުސުން ގޯސްވުމުގެ ސަބަބުން، ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާ، ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕުފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.
ޚާއްޞަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރައްވާއިރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް ދަންނަވަމެވެ. ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް ކޯސްޑްގާޑުން އިލްތިމާސްކުރެއެވެ.