ކުޅިވަރު

ރާއްޖެ ތަމްސީލުކުރާ ފީފާ ރެފްރީންގެ ގޮތުގައި 5 ރެފްރީއެއް


އަންނަ އަހަރު ރާއްޖެ ތަމްސީލުކުރާ ފީފާ ރެފްރީންގެ ގޮތުގައި 5 ރެފްރީއެއް ހަމަޖައްސައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފްް މޯލްޑިވްސް (އެފްއޭއެމް)އިން ހާމަކުރި 5 ރެފްރީންނަކީ އާދަމް ފަޒީލް އާއި ޖައުފަރު ރަޝީދާއި މުހައްމަދު ޖާވިޒާއި އަޙުމަދު ޢަބްދުﷲގެ އިތުރުން ހުސެއިން ސިނާނެވެ. މި 5 ރެފްރީންނަކީ ސާފްގެ މުބާރާތްތަކާއި އޭއެފްސީ މުބާރާތްތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން ފީފާގެ މުބާރާތްތަކުގައިވެސް ރެފްރީކަންކޮށްފައިވާ ރެފްރީނެނެވެ.


ފީފާ އެސިސްޓަންޓް ރެފްރީ އަހުމަދު އަބްދުﷲއަށް އެންމެ ފުރަތަމަ ފީފާ ބެޖް ލިބިފައިވަނީ 2015ވަނަ އަހަރެވެ. އަހުމަދު އަބްދުﷲވަނީ އައިއޯއައިޖީ އާއި 23 އަހަރުން ދަށުގެ އާޖެންޓީނާ އާއި ބަޔާން މިއުނިކްގެ ބީ ޓީމް ބައްދަލުކުރި މެޗް ފާހަގަކޮށްލެވެއެވެ.


2014ވަނަ އަހަރު އޭއެފްސީ 14 އަހަރުންދަށުގެ ކޮލިފައިންގެ މެޗްއިން ބައިނަލްގަވާމީ މެޗްތަށް އިންސާފް ކުރަންފެށި ހުސެއިން ސިނާންއަށް ފިފާ ބެޖް ލިބިފައިވަނީ މިއަހަރެވެ.

އާދަމް ފަޒީލަށް އެންމެ ފުރަތަމަ ފީފާ ބެޖް ލިބިފައިވަނީ 2016ވަނަ އަހަރެވެ. 2015ވަނަ އަހަރު ނޭޕާލްގައި ބޭއްވި 19 އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕުން ބައިނަލްވާމީ މެޗުތައް އިންސާފް ކުރަންފެށި އާދަމް ފަޒީލަކީ ޗައިނާގެ ޔުނިވާސިޓީގައި ބޭއްވި ވޯލްޑްކަޕާއި 2019ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލް މެޗްގެ ރެފްރީކަން ކުރި ތަޖްރިބާކާރު ރެފްރީއެވެ.

މުހައްމަދު ޖާވިޒަށް ފީފާ ބެޖް ލިބިފައިވަނީ 2016ވަނަ އަހަރެވެ. މުހައްމަދު ޖާވިޒު އެންމެ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ 2016 ވަނަ އަހަރު ސިންގަޕޫރާއި މިޔަންމާ ބައްދަލުކުރި އޭއެފްސީ 16 އަހަރުންދަށުގެ މެޗުގައެވެ. އަންނަ އަހަރު ރާއްޖެ ތަމްސީލުކުރާ ފީފާ ރެފްރީންގެ ގޮތުގައި 5 ރެފްރީއެއް ހަމަޖައްސާފައިވާއިރު، މިރެފްރީން ތަކުގެ ތެރެއިން އެންމެ ތަޖްރިބާކާރު ރެފްރީއަކީ ޖައުފަރު ރަޝީދެވެ. ޖައުފަރަށް އެންމެ ފުރަތަމ ފިފާ ބެޖް ލިބިފައިވަނީ 2012ވަނަ އަހަރެވެ. ފިފާ އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މެޗްއެއްގައި އިންސާފްކޮށްފައިވަނީ 27ވަނަ ސީގޭމްސްގައި މެލޭޝިޔާ އާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގައެވެ.