ސިއްހަތު

ހައްޖުވެރިންނަށް ޚާއްސަ ފްލޫކުލިނިކްތަކެއް ހުޅުވައިފި


މިއަަަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު އެނބުރި އަންނަފަރާތްތަކަށް ޙާއްސަ ރޯގާ ކުލިނިކްތަކެއް ސަރުކާރު ހޮސްޕިޓަލްތަކުގައި ހިންގާގޮތައް ހަމަޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން- އެޗް.ޕީ.އޭ އިން ބުނެފިއެވެ.މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހާހަމައަށް ފްލޫ ކުލިނިކްތަކުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ. ހައްޖާޖީންގެ ތެރެއިން ހުންއައިސް ކެއްސާ ނޭވާލުން އުދަގޫވުން ފަދަ އަލާމާތްތައް ހުންނަ ފަރާތްތަކަށް މި ކުލިނިކުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެޗް.ޕީ.އޭ އިން ބުނެފައިވެއެވެ.މި ކުލިނިކް ތަކުން ފަރުވާ ހޯދާފަރާތްތަކުން ކިއޫގައި ނަންބަރުނަގައިގެން މަޑުކުރަން ނުޖެހޭނެކަމަށް އެޗް.ޕީއޭއިން ބުނެފައިވެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓާ -އައި.ޖީ.އެމް.އެޗް-ގައި ހުންނަ ފްލޫ ކުލިނިކް ހުންނާނީ ރެސްޕިރޭޓަރީ މެޑިސިން ކުލިނުގައިކަމަށްވެސް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.މި ކުލިނިކް ހުޅުވިފައިހުންނާނީ ހެނދުނު 9 އަކުން ރޭގަނޑު 12އަށްކަމަށް ވެސް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.އައ.ިޖީ.އެމް.އެޗްގައި ހުޅުވާފައި ހުރި ފްްލޫ ކުލިނިކަށް އެ ހޮސްޕިޓަލުގެ ގޭޓް ނަންބަރު ތިނަކުން ވަދެވޭނެކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުރި ފްލޫކުލިނިކްވެސް ހެނދުނު 7:30ހުން ރޭގަނޑު 11:30ހަށް ހުޅުވިފައި ހުންނާނެކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ.މީގެ އިތުރުން ހުންއައިސް ކެއްސާ ނޭވާލަން އުދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލުގެ ކައުންޓަރަށް ވަޑައިގެން ހައްޖުން އެނބުރި އައި ފަރާތްތެއްކަން އަންގަވައިދެއްވުމުން ކޮންމެ ވަގުތެއްގައިވެސް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދެެއްވާނެކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ.މި ހޮސްޕިޓަލްތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކުގައިވެސް ފްލޫ ކުލިނިކް ހުޅުވިފައި ހުންނާނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.ހައްޖުން ވަޑައިގަންނަވާ ބޭފުޅަކު ރޯގާޖެހި ކެއްސާނަމަ އެއަރޕޯރޓުން ލިބިފައިވާ މާސްކް ބޭނުންކުރުމާއި ގޭތެރޭގައި އުޅޭ ކުޑަކުދިންނާއި އެހެނިހެން ބަލިމީހުންނާ ދުރުހެލިކޮށް އުޅުމަށް އެއެޖެންސީއިން އިލްތިމާސްކުރެއެވެ.ކެއްސާ ކިނބިހިއަޅާއިރު އަނގަމަތި ރަނގަޅަށް ނިވާކުރުމާއި ނޭފަތް ފޮޅުމަށް ގެންގުޅޭ ޓިޝޫ ފަދަ ތަކެތި ރައްކާތެރިކަމާއެކު އެއްލައިލުމާއި ގިނަ ގިިނައިން އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސްް އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ. އަދި ހުންއައިސް ނޭވާ ކުރުވުން ފަދަ އަލާމާތެއް ހުރިނަމަ ވީ އެންމެ އަވަހަކަށް ފްލޫކުލިނިކަށް ދެއްކުމަށް ވެސް އެޖެންސީން އިލްތިމާސްކޮށްފައިވެއެވެ.