ވިޔަފާރި

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 24 ވަނަ ދުވަހު ބާ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ސައުވީސް
ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. ޕަބްލިކް ލިމިޓެޑް
ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އަހަރީ އާއްމު ޖަލްސާ މިއަހަރު ބާއްވާފައި
ނުވަނީ ހަމައެކަނި އެމްޓީޑީސީންނެވެ.



އެ ކުންފުނިން ބުނެފައި ވަނީ
އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ އޮކްޓޫބަރު 24 ވާ ހޮނިހިރު ދުވަހުގެރޭ
9:00 ގައި އިސްލާމީ މަރުކަޒުގައި ކަމަށެވެ.



މި ޖަލްސާގައި ހިއްސާދާރުންނަށް
ބަހާނެ ފައިދާ އާއި ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ
ހުށަހެޅުމާއި މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށް އެމްޓީޑީސީން ބުނެއެވެ.



އެމްޓީޑީސީ
އަށް 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 13.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.