ކުޅިވަރު

މިދިޔަ އަހަރު އެންމެ ގިނަ މަޝްރޫއު ހިންގާފައިވަނީ ޔޫތް މިނިސްޓްރީން: މިނިސްޓަރ މަޙްލޫފު


މިދިޔަ އަހަރު އެންމެ ގިނަ މަޝްރޫއު ހިންގާފައިވަނީ ޔޫތް މިނިސްޓްރީންކަން އެމިނިސްޓްރީން ބުނެފިއެވެ.

ޔޫތް މިނިސްޓްރީންވަނީ މިދިޔަ އަހަރު 5110 މަޝްރޫއު ހިންގާފައެވެ. ޔޫތް މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ ތަފާތު ހިސާބުތަކަށް ބާލާއިރު، އެމިނިސްޓްރީން މިހާރު ހިންގަމުންދަނީ 48 މަޝްރޫއުއެކެވެ. މިދިޔަ އަހަރު ޔޫތް މިނިސްޓްރީން ނިންމާފައިވަނީ 78 މަޝްރޫއުއެއް އަދި ޓެންޑަރކޮށްފައިވަނީ 16 މަޝްރޫއުއެކެވެ. އަދި މަސައްކަތް ފެށުމަށް މިހާރު އެވޯޑްކޮށްފައިވަނީ 49 މަޝްރޫއުއެކެވެ. ޕްރީ ޓެންޑަރިންގެ މަރުހަލާގައި 1 މަޝްރޫއު ހިމެނޭއިރު، 18 މަޝްރޫއުއެއް ވަނީ މަޑުޖައްސާލަފައެވެ. މިދިޔަ އަހަރު ޔޫތް މިނިސްޓްރީންވަނީ މާލޭގެ އިތުރުން އަތޮޅު ތަކުގައިވެސް ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.

ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީން މިއަހަރު ހިންގާފައިވާ މަޝްރޫއުއާއި ދޭތެރޭގައި ހިންހަމަޖެހޭކަމަށާއި ކޮވިޑް19 ހާލަތު ދިމާނުވިނަމަ، ގިނަ މަޝްރޫއުތަކެއް މިހާރު ހުންނާނީ ނިމިފަކަމަށެވެ. އަދި އަތޮޅު ތެރޭގައިވެސް ގިނަ މަޝްޢޫތަކެއް ހިންގާފައިވާކަމަށް މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ. ޔޫތު މިނިސްޓްރީން މިއަހަރު ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ އަތޮޅު ތެރޭގައި ކަމަށާއި، ކުޅިވަރުގެ ގިނަ ވަޞީލަތްތައް އަތޮޅުތަކުގެ ރަށްތަކުގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ބޭނުމަކީ، މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ކުޅިވަރުގެ ފޯރި އިތުރުކޮށް ބައިނަލަގްވާމީ އަދި ގައުމީ މުބާރާތްތަކުގެ މެޗްތައް ކުޅެވޭނެ ގޮތް ހެދުންކަމަށްވެސް ޔޫތް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.