ޚަބަރު

މެދުނުކެނޑި ބޯކޮށް ވާރެވެހި މާލޭގައި ފެންބޮޑުވެއްޖެ


ބޯކޮށްް ވާރޭވެހިި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. ބޯކޮށް ވާރެވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފައިވަނިކޮށް، މެދުނުކެނޑި 2ގަޑިއެއްހާއިރު މާލެއަށްވަނީ ބޯކޮށް ވާރޭވެހިފައެވެ. އަދި މާލޭގެ ބޮޑެތި މަގުތަކާއި އެކި ސަރަޙައްދުތަކުގައި ފޫޓަކަށްވުރެ މައްޗަށްވަނީ ފެން ބޮޑުވެފައެވެ.

މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުންދަނީ ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މާލެ ސިޓީ ކައުންސިލުންދަނީ އެކި ސަރަޙައްދުތަކުގައި ވެލި ބަސްތާ ޖަހަމުންނެވެ.

މާލޭގެ އިތުރަށް އަތޮޅުތަކުގެ ރަށްތަކަށްވެސް މޫސުން ގޯސްވާނެތީ މެޓް އޮފީހުން އެލަރޓް ނެރެފައިވާއިރު، ބައެެއް ރަށްތަކަށްވެސް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން އއ.މަތިވެރިއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުންވަނީ ބުނެފައެވެ.

މެޓުން މިހާރުވަނީ އުތުރަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް އެލަރޓް ނެރެފައެވެ. މިއަދާއި އިއްޔެ މެދުތެރޭގެ އަތޮޅުތަކާއި އުތުރަށްވެސް އެލަރޓް ނެރެފައިވެއެވެ.