ޚަބަރު

މޫސުން: ކ.އަތޮޅާއި މ.އަތޮޅާ ދެމެދަށް ޔެލޯ އެލަރޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މާލެ އަތޮޅުން ފެށިގެން މ.އަތޮޅާ ހިސާބަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މިއެލާޓް ނެރެފައިވަނީ މި ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ފެންބޮޑުވެދާނެކަމަށް ބެލެވިގެންނެވެ. މިރޭ 23ގަޑި 45 އިން 3 ގަޑި 45 އަހަށް މިސަރަޙައްދަށްވަނީ ޔެލޯ އެލާޓް ނެރެފައެވެ. މީގެ އިތުރުން ބ.އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިރޭ މެންދަރު 2 ޖެހުމާ ހަމައަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރޭގެ މެންދަމު 2 ޖެހުމާ ހަމައަށް މިސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލަރޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެއެވެ. މެޓް އޮފީހުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށެވެ.އަދި އެހެން ސަރަޙައްދުތަކަށްވެސް ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން އުޅޭނީ 3ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.
މެޓް އޮފީހުން ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މުސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.