ކޯވިޑް-19ގައި ރާއްޖެއިން އަނެއްކާވެސް މީހަކު ނިޔާވެއްޖެއެވެ.
މިރޭ ނިޔާވެފައިވަނީ އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުދޭމުންދިޔަ ޢުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި މިބަލީގައި ނިޔާވި 4ވަނަ މީހާއެވެ. އެހެންކަމުން މިބަލީގައި ނިޔާވެފައިވަނީ 37 ދިވެހިންނާއި 8 ބިދޭސީންނެވެ.
ފަހަކަށް އައިސް ކޯވިޑް-19 ގައި ނިޔާވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެޗްޕީއޭއިން ވިދާޅުވެފައިވަނީ ކޯވިޑް-19 ގައި މަރުވާ މީހުންގެ ޢަދަދަކީ ސީދާ މުޖުތަމަޢުގައި ބަލީގެ ޙާލަތު އޮތް މިންވަރު ދައްކައިދޭކަމެއް ނޫންކަމަށެވެ.
އެޗްޕީއޭއިން އެންމެ ފަހުން ޢާންމުކުރި ތަފާސް ހސިާބުތައް ދައްކާގޮތުން މިވަގުތުވެސް ހޮސްޕިޓަކުގައި 59 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 110 މީހަކު ވަނީ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ފާއިތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން މީހުން ޕޮޒިޓިވްވި އެއްދުވަހެއެވެ.
ކޯވިޑް-19 ގައިި އިއްޔެވެސް ވަނީ 2 މީހަކު ނިޔާވެފައެވެ. އަދި އޭގެ ކުރީ ދުވަހުވެސް ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައެވެ. ރާއްޖެއިން މިހާތަނަށް 12،204 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 947 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.