ޚަބަރު

ފަށަން ރާވާފައިވާ މަޝްރޫޢުތަކަށް ވަނީ ބަޖެޓް ހަމަޖެހިފައި: ފިނޭންސް މިނިސްޓަރ


އަންނަ އަހަރަށް ދައުލަތުން ލަފަކުރާ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ހިންގުމަށް ކަނޑައާޅާފައިވާ މަޝްރޫޢުތަކަކީ ބަޖެޓް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގެ މަރުހަލާގައި މެމްބަރުން ދެއްކެވި ވާހަކަތަކަށް ރިޢާޔަތްކޮށް މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރަށް ބަޖެޓް އެކުލަވާލިއިރު އެންމެބޮޑު އިސްކަމެއް ދެއްވާފައިވަނީ ވީހާވެސް އަވަހަށް މިހާރު އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުންކަމަށެވެ. އިޤްތިޞާދީ ގޮތުން ދުނިޔެއަށްވެސް ބޮޑު ލޮޅުންތަކެއް އަރާފައިވަ މިދަނޑިވަޅުގައި އެންމެބޮޑު އިސްކަމެއް ދެއްވާނީ ދައުލަލަތުގެ ދަރަނި ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޚަރަދުތައް ނުކޮށް އާމްދަނީ ލިބޭނެ ގޮތެއްވެސް ނޯންނާނެކަމަށެވެ. ސަރުކާރުން އުންމީދުކުރަނީ ކުރެވޭ ޚަރަދުތަކުން ރަނގަޅު އާމްދަނީއެއް ލިބި އިޤްތިޞާދު ހިނގައިގަތުންކަމަށެވެ. އަދި ބަޖެޓުގައި އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ޚާއްސަ އިސްކަމެއް ދެއްވައި އެ ދެދާއިރާ އިތުރަށް ފުޅާކުރުމަށް ޚާއްސަ ސަލާލުކަމެއް ދެއްވާފައިވާކަމަށެވެ.

ސަރުކާރުން އުންމީދު ކުރަމުން ދަނީ މިހާރު އޮތް އިޤްތިޞާދީ ހާލަތުން އަރައިގަނެ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު އޮތް މިންވަރަށް ދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދު އިޤްތިޞާދު 85 ބިލިޔަން 54 ބިލިޔަން ރުފިޔާއަށް ވަނީ ކުޑަވެފަ. އަޅުގަނޑުމެން މި ބަޖެޓް ހުށަހެޅި މައިގަނޑު ބޭނުމަކީވެސް ވީހާވެސް އަވަހަށް 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ތިބި ހާލަތަށް ދިއުން" ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މިއަދުގެ ބަޖެޓް މަރުހަލާގައި ބަޖެޓަށް ވާހަކަ ދެއްކެވި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ބަޖެޓުގައި ހުރި ދަރަނިތައް އަދާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މިހާރު އޮތް ބަޖެޓުން ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

ބަޖެޓަށް ވާހަކަ ދެއްކެވި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިއީ ދުނިޔޭގެ ތާރީހުގައިވެސް މިފަދަ އިޤްތިޞާދީ ބޮޑު އަދަވަޅެއްގައި ދުނިޔެ އޮތްވާ ފާސްކުރާ މިފަދަ ފުރަތަމަ ބަޖެޓްކަމަށެވެ. މިބަޖެޓް ފާސްކޮށްދީފިނަމަ އެދެވެނީ މުޅި ޤައުމަށާއި ރައްޔިތުންނަށް ބޮޑު ދެރައެއްކަމަށް ސަލީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ.

އާލިފް

އިހަވަންދިއްޕޮޅު ހޮސްޕިޓަލް ހިމެނޭ ދޯ!