ޚަބަރު

ކޯވިޑް-19 : 24 ގަޑިއިރުގެ ތެރޭގައި ދެވަނަ މީހަކު ނިޔާވެ މަރުގެ އަދަދު 44އަށް


ކޯވިޑް-19 ޖެހިގެން 24 ގަޑިރުގެ ތެރޭގައި ދެ ދިވެހިން ނިޔާވެ، ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 44އަށް އަރައިފިއެވެ.

ރޭ 11:32 ހާއިރުގައި ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ފަރުވާދެމުންދިޔަ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމުގައި އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. މިމަރާއި އެކު ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 36 ދިވެހިންނާއި 8 ބިދޭސީންނެވެ.

އިތުރު މީހަކު މިއަދުވެސް ވަނީ މި ބަލީގައި ނިޔާވެފައެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 12204އަށް އަރާފައުވާއިރު މިހާރުވެސް 47 މީހަކަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. އަދި ބަލި ޖެހިގެން 800 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ.