ޚަބަރު

ކޯވިޑް-19 : ފުލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުން އިތުރުވެ ނުރައްކާ ބޮޑުވަނީ!


ވޭތުވެ ދިޔަ ހަފްތާގައި ފުލޫ ކުލިނިކް ތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މިއަދު ކްލަސްޓާއަކާއި ގުޅިގެން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދުދު އިތުރުވި އިރު، ބަލިޖެހޭ މީހުންގެ އަދަދު މަތިވަމުން އަންނަ ކަމަށެވެ. ނަޒްލާ ވިދާޅުވީ, މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ފެށުނު ހަފްތާއާއި 21 އޮކްޓޫބަރުން 27 އާ ދެމެދު ފްލޫ ކުލިންކްތަކަށް ދައްކާ މީހުންގެ އަދަތު މަދުވިކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަފްތާގައި ބަލީ ގެ އަލާމާތްތައް ހުރެގެން ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އިތުރުކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިގޮތުން ތަފާސް ހިސާބަށް ބަލާއިރު، މީގެ ދެހަފުތާ ކުރިން ފުލޫ ކްލިނިކް އިން ޕޮސިޓިވް ވެފައި ވަނީ %6 ސާމްޕްލެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %2 އިތުރު އަދަދެކެވެ.
އަދި މި ނިމިދިޔަ ހަފްތާގައި ފްލޫ ކްލިނިކުން ނެގުނު 465 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލްވަނީ ޕޮސިޓިވްވެފައި ވާއިރު އެއީ ސާމްޕަލްތަކުގެ %7 އެވެ.

ނަޒްލާ ވިދާޅުވީ ކޭސްތަކުގެ އަދަދު މަދުވިނަމަވެސް ފްލޫ ކުލިނިކްތަކުން ޕޮޒިޓިވްވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެކަަށެވެ. އަދި މިހާރު ދެމުންދާ ލުއިތަކާއެކުވެސް ގައިޑްލައިންތަކަށް އަމަލު ނުކުރާނަމަ ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް19 ފެތުރޭ މިންވަރު ފާއިތުވި ދެތިން ހަފްތާ ދަށްވި ނަމަވެސް، އިއްޔެއާއި މިއަދު ވަނީ ކޭސްތައް 30 އިން މައްޗަށް ގޮސްފައެވެ. މިއަދު ކޯވިޑް-19 އަށް 50 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅާފައިވާއިރު އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްތަކާ އެއްގޮތައް ތަންތަން ހިންގަމުންދޭތޯ ބެލުމަށް އެޗްޕީއޭއިން އިންސްޕެކްޝަނެއް ކުރިއަށް ގެންދެއެވެ. މިގޮތުން މި އިންސޕެކްޝަންގައި ސަރުކާރުގެ 133 އޮފީހަކާއި 42 ޕްރައިވެޓް އޮފީސް އަދި 20 ސްކޫލް ނުވަތ ކޮލެޖްއާއު 35 މެޑިކަލް ހިދުމަތްދޭ ތަންތަން އިންސްޕެކްޓު ވަނީ ކޮށްފައެވެ.

"އިންސްޕެކްޝަންތަކުގައި ހުންނާނެ ރަނގަޅު ކުރަންވީ ކަންތައް ފާހަގަކޮށްފައިވެސް. އަދި އެކަންތައްތަކަށް އިތުރަށް ގައިޑްލައިންތައް އޮޅުންފިލުވާ ދީފައެވެސް. ހާއްސަކޮށް ގިނަ މުވައްޒަފުން ގެންގުޅޭ ތަންތަނުން ވަރަށް މުހިއްމުކަމެއް ސަމާލުކަން ދެއްވުމަކީ، މިހުރި ގައިޑްލައިންތައް މިހާރުވެސް އިމްޕްލިމެންޓު ކުރުމުގެ ކަންތައް،" ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅު ކޯވިޑް ފިލައިގެން ދިޔަކަމަށް ހީކޮށް ކޯވިޑުގެ ކުރިން ނުވަތަ މިއަހަރުގެ ޖެނުއަރީމަހު އޮފީހުގެ ކަންތައް ގެންދިޔަ ގޮތަށް ގެންދިޔުމަށް މަސައްކަތް ކުރުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އެހެންކަމުން ފިޔަވަޅުތައް ލުއިކޮށް ނުނެގުމަށް ޑރ ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.