ޚަބަރު

" ރަން ދިހަ ފަހެއް " ނޫޓް ސީރީޒް ނެރުން ފަސްކޮށްފި


މިމަހުގެ 5 ވަނަ ދުވަހު އިފްތިތާޙް ކުރުމަށް
ހަމަޖެހިފައިވާ ދިވެހި ރުފިޔާގެ އައު ނޫޓާއި ފައިނޭންޝަަލް އެކްސްޕޯ ބޭއްވުން
ފަސްކޮށްފިއެވެ.



" ރަން ދިހަ ފަހެއް
"
ނޫޓް ސީރީޒް އިފްތިތާޙް ކުރުމާއި ފައިނޭންޝަލް އެކްސްޕޯ ބާއްވާނެ ތާރީޚެއް ފަހުން
އިއުލާންކުރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެމްއެމްއޭ އިން
މައުލޫމާތުދެއެވެ.





އަލަށް ނެރޭ
ނޫޓް ސީރީޒް އަކީ އެންމެ ޒަމާނީ، ސަލާމަތީ ސިފަަތައް ބޭނުންކޮށްގެން، ޕޮލިމާ ގައި
ޗާޕްކޮށްގެން ނެރުމަށް ހަމަޖެހިފައިވާ ނޫޓްތަކެކެވެ.





އާ ނޫޓް ސީރީޒް
ގައި ހިމެނޭ 10، 20، 50، 100، 500 އަދި 1000 ގެ ނޫޓްތަކެވެ.





ފައިނޭންޝަލް
އެކްސްޕޯގައި ރަންދިހަ ފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގައި އެކި ދުވަސްވަރު
ބޭނުންކުރި ފައިސާ ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.



އެ އެކްސްޕޯ
ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހުގެ ފަހަކުން ހަތަކަށެވެ.