ކުޅިވަރު

ވާނާގެ ދެލަނޑުން މޮޅުވެ ޖަރުމަނު ފަހު ވަގުތު ގުރޫޕްގެ އެއްވަނައަށް


ނޭޝަންސް ލީގުގައި ޖަރުމަނާ ޔުކްރެއިން ވާދަކުރި ފަހަތުން އަރައި ތިން ލަނޑުޖަހައި ޖަރުމަނުން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނގީ ޔުކްރެއިނުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 11 ވަނަ މިނިޓުގައި ރޯމަން ޔަރަމްޗުކްއެވެ. މެޗުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކުރީ ލިރޮއީ ސާނޭއެވެ. ފުރަތަމަހާފް ނިމުމުގެ ކުރިން ޓިމޯވާނާގެ ލަނޑުން ޖަރުމަނުން ލީޑް ނެގިއިރު މެޗުގައި ޖަރުމަނުން ލީޑް އިތުރަށް ފުޅާކުރީ ދެވަނަހާފްގައި ވާނާ ކާމިޔާބުކުރި ލަނޑުންނެވެ. ވާނާ ވަނީ އެންމެފަހުން ޖަރުމަނު ކުޅުނު ފަސްމެޗުގައި ލަނޑުޖަހާފައެވެ. މިއީ 17 ދުވަހުގެ ތެރޭގައި ވާނާ ޖެހި ހަތްވަނަ ލަނޑެވެ.

މިނަތީޖާއާއެކު ޖަރުމަނުން ގުރޫޕްގެ އެއްވަނައިގަ އޮތީ ދެވަނަގާއިވާ ސްޕެއިންނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން 9 ޕޮއިންޓާއެކުގައެވެ. އަންގާރަ ދުވަހުގެރޭ ސްޕެއިންނާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮއްގެން ޖަރުމަނު މުބާރާތުގެ ފައިނަލުބުރުން ޖާގަ ޔަގީން ވެގެންދާނެއެވެ.