ކުޅިވަރު

ސްޕެއިން ފުރުސަތު ނަގާލައިފި


ޔޫއެފާ ނޭޝަންސް ލީގުގައި ސްޕެއިން ސްވިޒަލޭންޑް އެއްވަރުވެ ގުރޫޕްގެ އެއްވަނަ ގެއްލިއްޖެއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ސްވިޒަލޭންޑުންނެވެ. މެޗުގައި ފުރަތަމަހާފްގެ 26 ވަނަ މިނިޓުގައި ރެމޭ ފްރެއުލާއެވެ. މެޗުގައި ނަތީޖާ ސްޕެއިންއިން ހަމަހަމަ ކުރުމުގެ ކުރިން ލަނޑުޖަހާ ލީޑް ނަގަން ވެސްވަނީ ފުރުސަތު ލިބިފައެވެ. ރޭގެ މެޗުގައި ބައިނަލްއަގުވާމީ 177 މެޗު ހަމަކުރި ސާޖިޔޯ ރާމޯސްއަށް ވަނީ ލިބުނު ދެ ޕެނެލްޓީވެސް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.

ރޭގެ މެޗާއެކު ޔޫރަޕުގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ރާމޯސް ވަނީ އާކޮށްފައެވެ. ދުނިޔޭގެ އެންމެ ގިނަމެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ރާމޯސް މިހާރު ބޭނުންވަނީ ހަތްމެޗެވެ. ރޭގެ މެޗާހަމަޔަށް ރާމޯސް ވަނީ 2018 ވަނަ އަހަރުން ފެށިގެން އެންމެފަހުން ޖެހި 25 ޕެނެލްޓީވެސް ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި ސްޕެއިން އިން ނަތިޖާ ހަމަހަމަ ކުރީ ޖެރާޑް މޮރޭނޯ މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ 79 ވަނަ މިނިޓުގައި ސްވިޒަލޭންޑްގެ ނިކޯ އެލްވެޑީ އަށް ވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ޖަރުމަނަށްވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ސްޕެއިން އޮތީ ގުރޫޕްގެ ދެވަނައިގައެވެ. ގުރޫޕްގައި އަންގާރަ ދުވަހުގެރޭ މި ދެޓީމު ވާދަކުރާ މެޗުން މުބާރާތުގެ ފައިނަލް ބުރައްދާނެ ޓީމެއް ކަށަވަރުވާނެއެވެ. މިނިތަޖީއާއެކު ލީގުގެ މޮޅެއް ނުހޯދޭތާ އެއްއަހަރު ވެފައިވާ ސްވިޒަލޭންޑް ވަނީ ލީގު ބީއަށް ރެލިގޭޓްވެފައެވެ.