ކުޅިވަރު

މުހައްމަދު ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


މުހައްމަދު ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ލިވަޕޫލް ކުރިއަށް އޮތް ދެ މެޗްގައިވެސް އޭނާއަށް ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

28 އަހަރުގެ ސަލާޙް މިވަގުތު ހުރީ މިސްރުގެ ގައުމީ ޓީމްއާއެކުގައެވެ. ސަލާހަށް ކޮވިޑް19 ޖެހިފައިވާކަން މިސްރުގެ އެފްއޭއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަންއިން ބުނީ ސަލާހު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ކިބައިން ކޯވިޑުގެ އެއްވެސް އަމާލާތެއް ފެނިފައިނުވާކަމަށެވެ. ސަލާހު މިހާރު އަމިއްލައަށް ކަރަންޓީނުވެފައިވާކަމަށާއި މިސްރު ކުޅެން އޮތް ބައިނަލަގްވާމީ މެޗްތަކުން ސަލާޙު ފެނުމުގެ ފުރުސަތު ކުޑަކަމަށް މިސްރުގެ އެފްއޭއިން މަޢުލުމާތުދެއެވެ.

ސާލާޙު ޕޮޒިޓިވްވިކަން އެނގިފައިވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ޓޯގޯއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން މުޅި ޓީމް ޓެސްޓް ކުރުމުންނެވެ. މިސްރުގެ ޓީމުން ކޮވިޑް19އަށް ޕޮޒިޓިވްވީ ސަލާޙު އެކަންޏެވެ.