ކުޅިވަރު

ބްރެޒިލް ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ތާވަލުގެ އެއް ވަނައަށް


ރޮބާޓޯ ފިރްމީނޯގެ ގޯލްއިން ވެނެޒުއޭލާ ބަލިކޮށް ބްރެޒިލް އިން ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ތާވަލުގެ އެއް ވަނައަށް ޖެހިލައިފިއެވެ.

ބްރެޒިލްއިންވަނީ އެޓީމް ކުޅުނުު ތިން މެޗްވެސް ކާމިޔާބުކޮށް ތާވަލްގެ އެއްވަނާގައި 9 ޕޮއިންޓް ހޯދާފައެވެ. ބްރެޒިލްގެ ކެޕްޓަން ނޭމާއަށް އަނިޔާވެ، އޭނާ ނުލާ ކުޅުނު މެޗްގައި ބްރެޒިލް ޓީމުންވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި އެޓީމަށް މެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ.

މެޗްގައި ޖެހި ހަމައެކަނި ލަނޑު ބްރެޒިލް ޓީމްއަށް ކާމިޔާބުކޮށްދިނީ ލިވަޕޫލްއަށް ކުޅެމުން އަންނަ ފިރްމީނޯއެވެ. ފިރްމީނޯ މިލަނޑު ޖަހާފައިވަނީ މެޗްގެ 66ވަނަ މިނެޓްގަ. މިއީ ވޯލްޑްކަޕް ކޮލިފައިންގައި ފިރްމީނޯޖެހި ތިންވަނަ ލަނޑެވެ. މި ގުރޫޕްގައި ޗިލީ ކުޅުނު މެޗުގައި އެޓީމް ކާމިޔާބުކޮށްފައިވަނީ ޕެރޫ އާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ. މެޗުގައި ޗިލީގެ ދެ ގޯލު ވެސް ޖެހީ އާޓޫރޯ ވިޑާލްއެވެ. ޗިލީގެ ތަރި އަލެކްސިސް ސަންޗޭޒް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ބްރެޒިލް ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ. ޗިލީ ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. އަދި އާޖެންޓީނާ ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ. ބްރެޒިލް ޓީމަށް 9 ޕޮއިންޓް ލިބިފައިވާއިރު، ވާދަވެރި އާޖެންޓީނާ އޮތީ 3 މެޗުން 7 ޕޮއިންޓާ އެކު ގުރޫޕްގެ 2 ވަނައިގައެވެ.