ޚަބަރު

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލަރޓް ނެރެފި


މެދު ރާއްޖެ ތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ.

ވައިޓް އެލަރޓް ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާހަމައަށެވެ. ހެނދުނު 9:00އިން މެންދުރު 13:00އާ އަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލަރޓުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ރޭގެ ވަގުތެއްގައި ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކަށް ޔެލޯ އެލަރޓްވެސް ނެރުނެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސޫން ގޯސް ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މިދުވަސްރު، ރާއްޖެއަށް މޫސުން ގޯސްވެފައި ވާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރޭވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓްއެލާޓް ނެރެފައެވެ.