ޚަބަރު

މަޖީދީމަގު އެލްޒޯންގެ މަތީބައިން ދުންއެރީ ކުނިތަކެއްގައި ރޯވެގެން: އެމްއެންޑީއެފް


މަޖީދީ މަގާއި މާވެޔޮމަގު ގުޅޭ ސަރަހައްދުގައި ހުންނަ އެލްޒޯން ފިހާރައިގެ މަތީބައިން ދުން އެރީ ކުނިތަކެއްގައި ރޯވެގެން ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ ފަޔަމަނުން ވަނީ، ހާދިސާގެ ރިޕޯޓް ލިބުމާއި އެކު ވަގުތުން އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. މިގޮތުން ދުން އަރާތީ ބެލި އިރު، އަލިފާން ރޯވެފައި ހުރީ އެއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުސްކޮށްފައިވާ ބައިގައި އުކާލަން ބަހައްޓާފައި ހުރި ކަރުދާސް ފޮށިތަަކަކާއި ކުނިތަކެއްގައި ކަމަށް، އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަލިފާން ނިވާލާފައި ވާއިރު އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަދި އެއްޗަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން 7 ބުރިއަށް ހުރި އެއިމާރާތުން މީހުން ހުސްކުރިއެވެ. ނަމަވެސް މިހާރު އެސަރަހައްދުގެ ހާލަތު ވަނީ އާއްމު ހާލަތަކަށް އައިސްފައެވެ.