ޚަބަރު

އެންމެ އުތުރުގެ 3 އަތޮޅަށް ޔެލޯ އެލާޓް ނެރެފި


ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެންމެ އުތުރަށް މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައި ވަނީ، ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކަށް މިރޭގެ، 22:30 އިން މެންދަމުން އަލިވެ، 01:30 އާއި ދެމެދުގެ ވަގުތުތަކަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓުގައި، އެސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މިދުވަސްރު، ރާއްޖެއަށް މޫސުން ގޯސްވެފައި ވާއިރު، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިރޭ ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓްއެލާޓް ނެރެފައެވެ.