ޚަބަރު

ލޯންޗު ރޯވެ ފިހުނު ފަތުރުވެރިންގެ ހާލު އަދިވެސް ސީރިއަސް


މިދިޔަ ހޮނިހިރު ދުވަހު ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާދެމުންދާ ފަތުރުވެރިންނަށް ރާއްޖެއިން ބޭރުން ފަރުވާދިނުމަށްޓަކައި ފުރުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު 19 މީހުން އަދިވެސް ތިބީ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. މީގެތެރޭގައި ފަސްއަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. މިކުއްޖާގެ ހަށިގަނޑުގެ %10 ވަނީ ފިހިފައެވެ. 

 23 މީހުންނާއި އެކު ހުޅުލެއިން ފުރައިގެން ކަނިފިނޮޅު ރިސޯޓަށް ދަތުރުކުރި " ސުވެނިއަރ 18 " ނަމަކަށް ކިޔާ މި ލޯންޗްގައި ދަތުރުކޮށްފައިވަނީ ޗައިނާގެ 16 ފަތުރުވެރިޔަކާއި، އިިިިންޑިއާގެ 2 ފަތުރުވެރިންނާއި، ސްރީލަންކާ  1 ފަތުވެރިއަކާއި، ބަނގްލަދޭޝް ފަތުވެރިއެއްގެ އިތުރުން ޖަޕާނުގެ 2 ފަތުވެރިޔަކާއި، ދިވެއްސެކެވެ.

މި އަލިފާނުގެ ޙާދިޞާގައި ލޯންޗް ވަނީ ބޭނުން ނުކުރެވޭވަަރަށް އަނދާފައެވެ.