ކުޅިވަރު

25 އަހަރަށްފަހު އިނގިރޭސިން އަޔަލެންޑް އަތުން މޮޅުވެއްޖެ



ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަޔަލޭންޑްގެ މައްޗަށް އިންގްލޭންޑް ކުރި ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ވެންބްލީގައި ކުޅުނު މެޗު އިންގްލޭންޑް ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މެޗުގައި އިންގްލޭންޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ މެގުއެރީ، ޖޯޑަން ސަންޗޯގެ އިތުރުން ޑޮމިނިކް ކުލައިވަޓް ލެވިންއެވެ. ޖޯޑަން ސަންޗޯ ވެފައިވަނީ 1999ވަނަ އަހަރުފަހުން އިނގިރޭސިވިލާތުން ބޭރުގައި ކުޅޭ ކުޅެންތެރިޔަކު ވެންބްލީގައި ގައުމީ ޓީމަށް ލަނޑުޖަހައިދިން ފުރަތަމަފަހަރަށެވެ.

ރޭގައި ކުލައިވެޓް ލެވިންޖެހި ލަނޑާއެކު އޭނާ މިސީޒަންގައި ކާމިޔާބުކުރި ލަނޑުގެ އަދަދުވަނީ 13އަށް އަރާފައެވެ. މިމެޗުގައި އިނގިރޭސި ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ ފުރަތަމަފަހަރަށް އިނގިރޭސި ގައުމީ ޓީމުގެ ޖާޒީގައި ސީނިއަރ ޓީމަށް ކުޅެފައެވެ.

މިއީ 1985 ވަނަ އަހަރުފަހުން އަޔަލޭންޑްމައްޗަށް އިނގިރޭސިންނަށް ހޯދުނު ފުރަތަމަ މޮޅެވެ. ވޭތުވެދިޔަ 25 އަހަރުތެރޭގައި މި ދެޓީމުވާދަ ކުރި 6 ކުރިމަތިލުންވެސް ނިމުނީ އެއްވަރުވެގެންނެވެ. ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވޭލްސްއާއި އެމެރިކާ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވި އިރު އިރާނުން ވަނީ ބޮސްނިޔާގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ސީރިޔާއިން ވަނީ އުޒްބަކިސްތާން މައްޗަށް ކުރި ހޯދާފައެވެ.