ތިމާވެށި

ރާއްޖޭގެ 4 ރަށަކަށް އުދައިގެ އަސަރުކޮށްފި


ރާއްޖޭގެ ތިން ރަށަކަށް އުދައިގެ އަސަރުކޮށްފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނެޖްމެންޓް ސެންޓަރުން ބުނެފިއެވެ.އުދައިގެ އަސަރު ކޮށްފައިވަނީ ގއ މާމެންދޫއާއި ގދ މަޑަވެއްޔާ ގައްދުއަށް ކަމަށްް ޑިޒާސްޓަރ މެނޭޖްމަންޓުން މައުލޫމާތުދެއެވެ.މިރަށްރަށަށް އުދައިގެ އަސަރުކުރިނަމަވެސް އެއްވެސް ގެއަކަށް ލޮނުވަދެ މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައި ނުވާކަމަށް އެސެންޓަރުންބުނެއެވެ.މީގެ އިތުރުން ގދ ރަތަފަންދޫއަށްވެސް އުދަ އަރާފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ނަމަވެސް އެރަށަށްވެސް އުދައިގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ކައުންސިލުންބުނެއެވެ. މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހިފި ހަނދުކޭތައާއި ގުޅިގެން ރައްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރައިން ލަފާކޮށްފައިވާތީ، ފުލުހުންނާއި ސިފައިން ގުޅިގެން ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ އަޅާފައެވެ.މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހިފި ހަނދުކޭތައަކީ ހަނދު ދުނިޔެއާއި އެންމެކައިރިއަށް އަންނަ އެއްފަހަރުކަން ސައިންސްވެރިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދިޔަވަރާ އޮއިވަރަށް ބަދަލުއަންނެކަމަށާއި، މިގޮތުން ރާއްޖޭގައިވެސް މިމަހުގެ ތިރީސްވަނަދުވަހާއި ހަމައަށް އާންމުކޮށް ދިޔަވަރު ބޮޑުވާވަރަށްވުރެ ހަ އިންޗިވަރު އިތުރަށް ދިޔަވަރު އުފުލޭނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖެއާއި ދުރުގައި އުފެދޭ ރާޅުބާނި ހުރި ގޮތަށްބަލާއިރު މިދުވަސް ތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.