ކުޅިވަރު

އައިސްލޭންޑް ރޮއްވާލުމަށްފަހު ހަންގޭރީ ޔޫރޯއަށް


ޔުރޯ ކޮލިފައިން ޕްލޭއޯފްގައި އައިސްލޭންޑް މައްޗަށް ކުރިހޯދާ މުބާރާތުން ޖާގަ ހަންގޭރީ ހޯދައިފިއެވެ.

ކޮލިފައިން ޕްލޭއޯފް އައިސްލޭންޑް މައްޗަށް ހަންގެރީ ކުރި ހޯދީ 2-1 ލަނޑުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އައިސްލޭންޑްގެ ސިގާޑްސަން ލަނޑެއް ޖަހާ މޮޅުވާން ދަނިކޮށް ހަންގޭރީން ނަތީޖާ ހަމަހަމަކުރީ މެޗުގެ ކުޅުން ހަމަވާން ދެމިނިޓަށް ވެފައިވަނިކޮށް ލޮއިން ނެގޯއެވެ.

މެޗުން ހަންގޭރީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޯބޯސްލައީއެވެ. ހަންގޭރީން ވަނީ އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅައިގައި ބެލްޖިއަމް ބަލިކޮށްފައެވެ. މުބާރާތުގައި ހަންގޭރީ ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް، ފްރާންސް އަދި ޖަރުމަނާ އެއްގުރޫޕެއްގަައެވެ.

މުބާރާތުގައި ކުޅުމަށް ހަމަޖެހިފަވާ 12 ސިޓީގެ ތެރެއިން މި ގުރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފަވަނީ ހަންގޭރީގެ ބުޑަޕެސްޓަގައެވެ.