ކުޅިވަރު

1998 އަހަރުގެ ވޯލްޑްކަޕަށްފަހު ސްކޮޓްލޭންޑް ބޮޑު މުބާރާތަކަށް


ޔޫރޯ ކޮލިފައިން ޕްލޭއޯފް ކާމިޔާބުކޮށް ސްކޮޓްލޭންޑުން 23 އަހަރުފަހުން ބޮޑު މުބާރާތަކުން ޖާގަހޯދައިފިއެވެ.

އަންނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްކޮޓްލޭންޑް ޖާގަ ހޯދީ ކޮލިފައިން ޕްލޭއޯފްގައި ސާބިޔާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަވަގުތު ހަމަވައިރު 1-1 ލަނޑުން އެއްވަރުވުމުން އިތުރު ވަގުތު ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޕެންލެޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ. މެޗުގައި ސްކޮޓްލޭންޑްގެ ރަޔާން ކިރިސްޓައި ލަނޑެއް ޖަހާ ލީޑް ނަގައިދީފަ ވަނިކޮށް ސާބިޔާއަށް ނަތީޖާ ހަމަހަމަކުރީ މެޗުގެ 90 ވަނަ މިނެޓުގައި ލުކާ ޖޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސްކޮޓްލޭންޑްގެ ރަޔާން ވަނީ އެންމެފަހުން އެޓީމަށް ކުޅުނު ތިންމެޗުގައި ވެސް ލަނޑުޖަހާފަ.

ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި ސާބިޔާގެ ފަހު ޕެނެލްޓީ އެލެކްސެންޑަރ މިޓްރޮވިޗަށް ކާމިޔާބު ނުކުރެވުމުން އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ސްކޮޓެލޭންޑަށް ޖާގަލިބެގެން ދިޔައެވެ. ސްކޮޓެލޭންޑް މިމެޗާ އެކު ވަނީ ބަލިނުވެ ނުވަ މެޗު ހަމަކޮށްފައެވެ.

މިއީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި އެގައުމުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑުން ވާދަކޮށްފަވަނީ 1996 ވަނައަހަރުއެވެ. ސްކޮޓްލޭން އެންމެފަހުން ބޮޑު މުބާރާތެއްގައި ވާދަކުރީ 1998 ވަނައަހަރު ފްރާންސްގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައެވެ.

2006 ވަނަ އަހަރު މިނިވަން ދައުލަތަކަށް ސާބިޔާ ބަދަލުވިފަހުން އެންމެފަހުން ކުޅުނު ހަތަރު ޔޫރޯ މުބާރާތުން ވެސް އެޓީމަށް ޖާގައެއް ނުހޯދެއެވެ. ސްކޮޓްލޭންޑް ހިމެނެނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލޭންޑް، ކޮރޭޝިޔާ، ޗެކްރިޕަބްލިކާއެކު އެއް ގުރޫޕެއްގައެވެ.